ސްޓޭންޑަރޑް ފަސްޓް އެއިޑް އެންޑް ސީޕީއާރު އޭއީޑީ ކޯހެއް ހިންގައިފި

5 months ago

އަފްރާހް

"ސްޓޭންޑަޑް ފަސްޓް އެއިޑް އެންޑް ސީޕީއާރު އޭއީޑީ" ކޯސް ހިންގައިފިއެވެ.


މިއީ ރާއްޖޭގެ ހުރިހައި ސްކޫލްތައް ތަމްސީލުވާނެހެން އުފައްދާފައިވާ މާލޭގެ 40 ވަނަ ސްކައުޓް ގްރޫޕުގެ ދަރިވަރުންނަށް އެމްއެންޑީއެފް އިން ހިންގި ކޯހެކެވެ.


ހަ ދުވަހުގެ މުއްދަތަކަށް މޭ މަހުގެ 5 އިން 11 އަށް ހިންގި މި ކޯހަކީ، މާލޭގެ 40 ވަނަ ސްކައުޓް ގުރޫޕުގެ ދަރިވަރުން، ފަސްޓްއެއިޑް އަދި އެމްބިއުލާންސް ބެޖު ހާސިލުކުރުމުގެ ގޮތުން ހިންގި ކޯހެކެވެ.


މާލޭގެ ހަތަރު ސްކޫލަކުން 12 ދަރިވަރުން ބައިވެރިވި މި ކޯސް ނިންމުމުގެ ގޮތުން ހިރިޔާ ސްކޫލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްްއެންޑީއެފް މެޑިކަލް ކޯރގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގް، މޭޖަރ ޑރ. މުޙައްމަދު ފާލިޙް ޢަލީއެވެ.


އެމްއެންޑީއެފް މެޑިކަލް ކޯރގެ މުދައްރިބުން ކިޔަވައިދިން މި ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓާއި ސީޕީއާރު ޕްރޮވައިޑަރ ކާޑު ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާނު، މޭޖަރ ޑރ. މުޙައްމަދު ފާލިޙް ޢަލީއެވެ.


މި ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި، ކޯހުގެ މުދައްރިބުންނާއި ހިރިޔާ ސްކޫލުގެ އިސްވެރިންނާއި ކޯހުގެ ދަރިވަރުން ބައިވެރިވެލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު