އެމްޓީސީސީން ހުޅުމާލޭގައި ބަހުގެ ހިދުމަތްދޭ ރޫޓުތަކަށް ބަދަލެއް

2 months ago

އަފްރާހް

އެމްޓީސީސީން ހުޅުމާލޭގައި ބަހުގެ ހިދުމަތްދޭ ރޫޓުތަކަށް ބަދަލެއް ގެނެސްފިއެވެ.


އެ ކުންފުނިން ވިދާޅުވީ މިއީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވާގޮތަށް ހަމަޖެއްސުމާއި ގުޅިގެން ގެނައި ބަދަލެއް ކަމަށެވެ. އަދި މި ބަދަލު ގެނައީ މިއަދުން ފެށިގެން ކަމަށެވެ.


އެގޮތުން އާރް 2 - މާލެ (ކާނިވަލް) - ހުޅުމާލެ ފޭސް 1 އާއި އާރް 7 - ހުޅުމާލެ ފޭސް 2 - މާލެ (ވެސްޓްޕާކް) އާއި އާރް 8 - ހުޅުމާލެ ފޭސް 2 - މާލެ (ކާނިވަލް) އަދި އާރް 9 - ހުޅުމާލެ ފޭސް 2 - މާލެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ރޫޓަށް ވަނީ ގެނެސްފައެވެ. 


ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސެންޓްރަލް ޕާކް އޮންނަ މަގު އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށް، ހުޅުމާލޭގެ 11 ސަރަހައްދަކަށް ބަދަލު ގެންނަން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.


ހުޅުމާލޭގެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވާ މަގަަކަށް ބަދަލުކުރުމުން ހަތް ސަރަހައްދެއްގެ މައްސަލަ ހައްލުވާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު