އެއްވެސް މަރުހަލާއެއްގައި ސްޓެލްކޯ އިން އޮޅުވާނުލާނެ: އެމްޑީ

2 months ago

އަފްރާހް

ރީޑިންގ ނެގުމާއި ބިލްތައް ހެދުމުގެ އެއްވެސް މަރުހަލާއެއްގައި ސްޓެލްކޯ އިން އޮޅުވާލާފައި ނުވާނެކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ދެއްވައިފިއެވެ.


އެ ކުންފުނިން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އޯގަސްޓު 3 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީ ވަނީ ބިލްތައް ބޮޑުވެފައިވާ ގޭބިސީތަކަށް ގޮސްގެން، އެކަން މެދުވެރިވާން ދިމާވާ ސަބަބު ދެނެގަތުމަށްކަން ވަނީ ފާހަގަކުރައްވާފައެެވެ.


މާލެ އާއި ހުޅުމާލޭގައި އެގޮތަށް ކަރަންޓު ބިލު ބޮޑުވާ ތަންތަން ފާހަގަކޮށް، ސްޓެލްކޯގެ މުވައްޒަފުން ގޮސް، އެ ތަންތަނުގެ ކަރަންޓު ނެޓްވަރކް އާއި ކަރަންޓުން ބޭނުންކުރާ ސާމާނުގެ މައުލޫމާތު އޮޅުންފިލުވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެމްޑީ ވަނި ވިދާޅުވެފައެވެ.


މީގެއިތުރުން ހުލުމާލޭގެ ބައެއް ގެތަކުގެ ބިލްތައް އާދަޔާ ޚިލާފަށް ބޮޑުކަން ފާހަގަކުރައްވައި، ވިދާޅުވީ އެކަން ބޮޑަށް ފާހަގަކުރެވެނީ އަކަފޫޓު ބޮޑެތި އަދި ޒަމާނީ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރާ ގޭބިސީތަކުގައި ކަމަށެވެ.


އެހެންނަމަވެސް މިކަން ވެސް އިތުރަށް ބަލާނެ ކަމަށް އެމްޑީ ހުސައިން ފަހުމީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު

އަލިބެ ހުޅުމާލެ

މިގޭ ބިލް 4000 ގައި ހުރެފާ، ކުއްލިއަކަށް 5،900 އަށް. ޢަދި މި ބޮޑުވީ ގެ ތަޚުލާފަ، 15 ދުވަހު އެންމެން ރަށަކަށް ދިޔަ މަހު! ދެން ޖެހުނު މަހު ވެސް 5400 އަށް! ދެން މިބުނަނީ މިހާރު ބިލް ތިރިވިއްޔޭ! ދުވަހަކު މިގޭ ބިލް 4000، 4200 މިއަށް ވުރެން ކުރީގެ އެއްވެސް ސަރުކާރެއްގައި ބޮޑެއްނުވޭ!

2 months ago