ބީއެމްއެލް ގައުމީ ޓެނިސް ޗެމްޕިއަންޝިޕް ނިމިއްޖެ

2 months ago

އަފްރާހް

ބީއެމްއެލް ގައުމީ ޓެނިސް ޗެންޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.


ޖުމްލަ 144 ބައިވެރިންނާއެކު ކުރިޔަށްދިޔަ މި މުބާރާތުގައި ކުޅުންތެރިންވަނީ ކޯޓުގައި ފާހަގަކޮށްލެވޭ މޮޅު ހުނަރެއް ދައްކާފައެވެ.


މި މުބާރާތުގައި ހުރިހާ އުމުރުފުރާއެއްގެ ކުޅުންތެރިން ވެސް ވާދަވެރި ރޫހުގައި ތަފާތު މެޗުތަކެއް ކުޅެފައިވެއެވެ.


ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ބޭންކް އޮފް މޯލްޑިވްސް އިން 2019 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އާ ވަނީ އެއްބަސްވެފައެވެ.


މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާ ވަނަތއް ހާސިލްކުރި ކުޅުންތެރިންނަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ. 


ކިޔުންތެރިންގެ ހިޔާލު