5 hours ago
ސުނާމީ ކާރިސާ އަށް 20 އަހަރު ފުރުމާއި ގުޅިގެން ފޮޓޯ މައުރަޒެއް ބޭއްވުމަށް ނިންމައިފިއެވެ.
"ވިލުންތެރި 20″ ނަމުގައި މި ފޮޓޯ މައުރަޒު ބާއްވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ.
މި މައުރަޒު ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި ޑިސެމްބަރ މަހުގެ 26 ން 29 ވަނަ ދުވަހުގެ ނިޔަލަށް ނެޝަނަލް އާޓް ގެލަރީގައެވެ.
މިއީ ސުނާމީ ކާރިސާއަށް ފަހު ރާއްޖެ އަލުން އާރާސްތުކޮށް ކާރިސާތަކަށް ވިލުންތެރި ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި އެންމެން ގުޅިިގެން ކޮށްފައިވާ އަދި ކުރަމުން އަންނަ މަސައްކަތްތައް ދައްކާލުމުގެ މަގްސަދުގައި ބާއްވާ މައުރަޒެކެވެ.
ރާއްޖެއަށް ސުނާމީ ކާރިސާ ދިމާވީ 2004 ވަނަ އަހަރުގެ ޑިސެމްބަރ 26 ވަނަ ދުވަހުއެވެ.