ޓެކްސްދައްކާ ފަރާތްތަކާއި ދެމެދު ގުޅުން ބަދަހިކުރުމަށް "ގުޅިގެން މީރާ"

2 months ago

އަފްރާހް

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން "ގުޅިގެން މީރާ" ގެ ނަމުގައި ހާއްސަ އިނީޝިއޭޓިވްއެއް އިފްތިތާހުކޮށްފިއެވެ.


މި އިނީޝިއޭޓް އިފްތިތާހުކޮށްދެއްވީ އެ އޮތޯރިޓީގެ 14 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި އޮގަސްޓު 3 ވަނަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ޝަރަފުވެރި މެހެމާން މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީޤް އެވެ.


މި ހަފުލާގައި މީރާގެ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރާއި ޑެޕިއުޓީ ކޮމިޝަނަރ އަސްމާ ޝަފީއުއާއި އެ އޮތޯރިޓީގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް ޖަމީލާއި މީރާގެ ކުރީގެ އަދި މިހާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންެވިއެވެ. އަދި ބޯޑު މެންބަރުންނާއި މީރާގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.


'ގުޅިގެން މީރާ' ގެ މަގްސަދަކީ މީރާ އާއި ޓެކްސްދައްކާ ފަރާތްތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ޓެކްސްދައްކާ ފަރާތްތަކުން މީރާއަށް ކުރާ އިތުބާރު އިތުރުކުރުމެވެ. އަދި މީރާގެ ސްޓޭކްހޯލްޑަރުންނާ (ޓެކްސްދައްކާ ފަރާތްތައް، ޓެކްސް އެޖެންޓުން، ޓެކްސް ކޮންސަލްޓަންޓްސް، ދައުލަތުގެ އެހެނިހެން އިދާރާތައް، އާންމު ރައްޔިތުން) އޮންނަ ގުޅުން ވަރުގަދަކުރުމެވެ.


މީގެއިތުރުން މިއީ ވޮލަންޓަރީ ކޮމްޕްލަޔަންސް އިތުރުކުރުމަށްޓަކައި މީރާއިން ކުރިއަށްގެންދާ އިނިޝިއޭޓިވްއެއްކަމަށް ވެސް މީރާއިން މައުލޫމާތުދެއްވައެވެ. އަދި މި އިނީޝިއޭޓިވްގެ ދަށުން މީރާއިން ދެމުންއަންނަ ޚިދުމަތްތައް އިތުރަށް ފަހިކޮށްދީ، ޓެކްސްދައްކާ ފަރާތްތަކަށް ޓެކުހުގެ ޒިންމާ އެފަރޓްލަސްކޮށްދިނުމަކީ މީރާގެ އަމާޒެއް ކަމަށް ވެސް ވިދާޅުވެއެވެ.


މި އިނީޝިއޭޓިވްގެ ދަށުން މީރާގެ މުވައްޒަފުންގެ މެދުގައި ވެސް ހަރަކާތްތަކެއް ރާވައިފައިވާކަން އެ އިދާރާ އިން ފާހަގަކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު