ގައުމީ އެއަރލައިންއިން ޑާކާ އަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލައިފި

2 months ago

އަފްރާހް

ރާއްޖޭގެ ގައުމީ އެއަރލައިންގެ ދަތުރުތައް ބަންގްލަދޭޝްއަށް ކުރުން މެދުކަނޑާލައިފިއެވެ.


މޯލްޑިވިއަން އިން ބުނީ ޑާކާއަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލީ އޮގަސްޓު 6 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.


އެގައުމުގެ ކިޔަވާކުދިން ނުކުމެ، މުޒާހަރާކޮށް، ގައުމު ހަލަބޮލިވެފައިވާއިރު، މޯލްޑިވިއަންގެ ދަތުރުތައް އަލުން ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެކަމަށް ވަނީ ބުނެފައެވެ.


ބަންގަލަދޭޝްގައި ކުރަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތައް ބޮޑުވެ، ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ޝައިޚް ޙަސީނާ ވަނީ އިސްތިޢުފާ ދެއްވައި އެގައުމު ދޫކުރައްވައި އިންޑިއާ އަށް ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު