ކިނޮޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ 75 އިންސައްތަ ނިމިއްޖެ

4 months ago

އަފްރާހް

ރ. ކިނޮޅަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ 75 އިންސައްތަ ނިމިއްޖެއެވެ.


މި މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ވިދާޅުވީ މި މަސައްކަތުގެ ބިންހިއްކުމާއި ފަސްގަނޑު ކޮމްޕެކްޓް ކުރުމުގެ މަސައްކަތުގެ 75 އިންސައްތަ ވެސް ނިމިފައިވާ ކަމަށެވެ.


މި މަޝްރޫއުގެ ދަށުން، 19,789 ކިއުބިކް މީޓަރުގެ ބިންހިއްކައި، 650 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.


މިއީ 11.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު