ހުރިހާ ބިހެއް އެއްގޮށްޓަކަށް ނާޅާ!

2 months ago

އަފްރާހް

އެކި މީހުންގެ ވިޔަފާރި ކުރުމުގެ ވައްޓަފާޅި ތަފާތުވާނެއެވެ. މާކެޓިންގ ގައި ގެންގުޅޭ އުސޫލާއި ހަމަތައް ވެސް ތަފާތުވާނެއެވެ. މިއީ ހަމައެކަނި ރާއްޖޭގައި މިކަން އޮންނަގޮތެއް ނޫނެވެ. މުޅި ދުނިޔޭގައި ވެސް މިކަން ހިނގާނީ މި ބީދައިންނެވެ.


އެގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިއަދުވަނީ ވަރަށް ތަފާތު މާކޭޓިންގ ޓޫލްސްއެއް މީސްމީޑިއާ އަށް ދޫކޮށްލާފައެވެ. ވަރަށް ކުރު އިބާރާތްކޮޅެކެވެ. ނަގަން ބޭނުންނަމަ، ދެ މާނަ ވެސް ނެގިދާނެއެވެ.


"ހުރިހާ ބިހެއް އެއްގޮށްޓަކަށް ނުލަމާތޯ!" ބިސް ވަށިގަނޑަކާއި ބިސްތަކަކާއެކު އެމްއައިބީން މީސްމީޑިއާ އަށް ދޫކޮށްލި ޕޯސްޓަރުގައި ވެއެވެ.


އެ ބޭންކުން މިފަދަ ޕޯސްޓަރެއް ދޫކޮށްލާފައި މިވަނީ ދިވެހީންގެ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތަކަށް ބުރޫ އަރައި، ހިދުމަތް ލިބުމުގެ ދަތިކަން ރައްޔިތުން ތަހައްމަލު ކުރަމުންދާ ދުވަސްކޮޅެއްގައެވެ.


އެހެންކަމުން އެމްއައިބީގެ މި ޕޯސްޓަރުން އެ ބުނަނީ އެެއްތަނަކަށް ނުވަތަ އެއްބަޔަކަށް ބަރޯސާވުމުގެ ބަދަލުގައި އެފަދަ ހާލަތްތަކަށް ވިސްނައި، އހެން ބޭންކުތައް ވެސް ޚިޔާރުކުރުމަށެވެ.


ރާއްޖޭގައި މިހާރުގިނަބަޔަކު ބޭނުންކުރާ އަދި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އެމްއައިބީން އެކައުންޓެއް ހުޅުވުމަށް މާގިނަ އުނދަގުލެއް ނެތެވެ. https://applynow.mib.com.mv/ އިން ވަގުތުން އެކަން ކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު