އަންހެން ބޭފުޅުންގެ ކުރިއެރުމަށް ރައީސް ކުރައްވާ މަސައްކަތަަށް ޑރ. ޢާއިޝަތު ޝިހާމްގެ ޝުކުރު

2 months ago

އަފްރާހް

އަންހެނުންނަަށް އެކި ދާއިރާތަކުން ހަމަހަމަ ފުރުސަތު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސަކަތަށް، ސޯޝަލް މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ޝުކުރު އަދާކުރައްވައިފިއެވެ.


އެކަމަނާ ޝުކުރުއަދާކުރައްވާފައި މިވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހުކުރު ހުތުބާ ލިޔުއްވުމާއި ގުޅިގެންނެވެ.


މިނިސްޓަރ ވިދާޅުވީ މިއަދަކީ އަންހެން ބޭފުޅަކު ލިޔުއްވާފައިވާ ހުކުރު ހުތުބާ އަޑުއިވިގެންދިޔަ ތާރީހީ ދުވަހެއް ކަމަށެވެ.


ހުތުބާ ބިނާކުރައްވާފައިވަނީ އާއިލީ ގުޅުންތައް ދެމެހެއްޓުމުގެ މައްޗަށްކަން ފާހަގަކުރައްވައި އެކަމަނާ ވަނީ ހުތުބާ ލިޔުއްވި އަލްއުސްތާޛާ ހައްވާ ލަތީފް އަށް މަރުހަބާ ދަންނަވާފައެވެ. އަދި ހަގީގީ މާނައިގާ އަންހެނުންނަކީ ގަދަރުވެރި ޝަރަފްވެރި، އެކި ދާއިރާތަކުން ހަމަހަމަ ފުރުސަތުތައް ލިބިގެންވާ ބަޔަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.


މީގެއިތުރުން އިސްލާމިކް މިނިސްޓްރީން މިފަދަ ކުރައްވަން ނިންމަވާ، އެ ފުރުސަތު ފަހިކޮށްދެއްވީތީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.


ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ޢިލްމުވެރިއަކު ލިއުއްވި ހުތުބާ ލިޔުއްވާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ނައިބު އަލްއުސްތާޒް ހައްވާ ލަޠީފްއެވެ.


ކިޔުންތެރިންގެ ހިޔާލު