ލިވިންގ އެކްސްޕޯ ގައި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ހައުސިންގ ފައިނޭންސިންގެ ގިނަ ފުރުސަތުތަކެއް

2 months ago

އަފްރާހް

މި އަހަރުގެ ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް އިން ލިބެން ހުރި ފައިނޭންސިންގ ފުރުސަތުތަކާއި ދެމުންދާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ.


ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާރޗޭސް ފައިނޭންސިންގ ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސްކޮށްދެމުންނެވެ. އަދި މިވަގުތު މާކެޓްގައި އެންމެ ދިގުމުއްދަތަކަށް (25 އަހަރު) ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެއެވެ.


އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ސްޓޯލުން ބޭންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސިން އާ ބެހޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.


ބީއެމްއެލް އިސްލާމިކް ގެ ފައިނޭންސިންގ ޕްރޮޑަކްޓްތައް ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އަހަރުގެ މެއި މަހު ބީއެމްއެލް އިސްލާމިކް އިން ވަނީ ރާއްޖޭގެ ފުރަތަމަ ޝަރުޢީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑުވެސް ތައާރަފްކޮށްފައެވެ.


ލިވިންގ އެކްސްޕޯ ކުރިޔަށްދާނީ މި މަހުގެ 10 ވަނަ ދުވަހެއްގެ ރޭ 11 ޖަހަންދެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. 


ކިޔުންތެރިންގެ ހިޔާލު

ާައެޑަމް

ތި ބީ.އެމް.އެލް އަކީ އެއްވެސް އިތުބާރެއް އޮތް ތަނެއް ނޫން އިހަކައް ދުވަހު ސިސްޓަމް އެރާ އަރައިފަ އޮތީ

2 months ago