މެމްބަރުން އިތުރުކުރަން ޕީއެންސީން ބޮޑު ހަރަކާތެއް

2 months ago

އަފްރާހް

ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް، ރާއްޖޭގެ ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޮޑު ހަރަކާތެއް ފަށައިފިއެވެ.


އެ ޕާޓީން މި ހަރަކާތް މިއަދު ފަށާފައިވަނީ މާލެއާއި ވިލިމާލޭގައެެވެ.


މި ހަރަކާތާއި ގުޅޭގޮތުން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް އަދުނާން ޕީއެސްއެމް އަށް ވިދާޅުވެފައިވަނީ މިއީ އެ ޕާޓީ އަށް ވަންނަން ބޭނުންވެފައި ތިބެ، ނުވަދެވި ތިބި މީހުން ވެއްދުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. އަދި ސިލްސިލާކޮށް ކުރިއަށްގެންދާ މި ހަރަކާތުގައި ޕާޓީއަށް މީހުން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ޕާޓީއަށް ވަންނަން ބޭނުންވާ މީހުންނަށް ފޯމުތައް ފުރައިދިނުމުގެ މަސައްކަތް ދޮރުން ދޮރަށް ހިނގައިގެން ކުރިއަށްގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.


އޭނާ އިތުރަށް ވިދާޅުވީ މި ހަރަކާތް އަތޮޅުތަކުގައި ވެސް ކުރިއަށްދާ ކަމަށާއި އަމާޒަކީ ރާއްޖޭގައި އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ ޕީއެންސީ ކަމުގައި ހެދުން ކަމަށެވެ.


އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި މިވަގުތު ސިޔާސީ 11 ޕާޓީއެއް ރަޖިސްޓްރީ ކޮށްފައި އެބައޮތެވެ. އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީގައި 50،980 މެންބަރުން އެބަތިއްބެވެ. ދެވަނައިގައި އޮތް ޕީޕީއެމްގައި 34،827 މެންބަރުން ތިބިއިރު، ޕީއެންސީ އޮތީ ތިންވަނައިގައެވެ. އެ ޕާޓީގައި 28،704 މެންބަރުން ތިބިކަމަށް އީސީގެ ދަފްތަރުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު