އުރީދޫ މަސްރޭސް: ހިންމަފުށި ޗެމްޕިއަންކަން ސިފްކޯ އަށް

2 months ago

އަފްރާހް

އުރީދޫ މަސް ރޭސް 2024 ކ. ހިންމަފުށީގެ ޗެމްޕިއަންކަން ސިފްކޯ ޓީމުން ހޯދައިފިއެވެ.


އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ މަސް ރޭސް ވެސް ރާއްޖޭގެ ތިން ތިން ރަށެއްގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެއީ ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫގައެވެ.


މި ތިން ރަށުގައި ބާއްވާ މަސް ރޭހުން ވެސް އެއްވަނަ ޓީމަކަށް 25،000 ރުފިޔާގެ އިނާމު ލިބޭއިރު، ހިންމަފުށީގައި ބޭއްވި މަސް ރޭހުން އެއްވަނަ ހޯދި ސިފްކޯއަށް ވެސް ވަނީ 25،000 ރުފިޔާ ދީފައެވެ.


ހިންމަފުށީ މަސް ރޭހުގައި 21 އަށްވުރެ ގިނަ ޓީމުން ބައިވެރިވިއެވެ.


މި މުބާރާތުގެ ޗެމްޕިއަންކަން ސިފްކޯ އިން ހޯދީ 999.35 ޕޮއިންޓާ އެކުގައެވެ. އަދި ދެވަނަ ޓީމަކަށް ގޯޅިއަންސް ކްލަބު ހޯދީ 807.85 ޕޮއިންޓާ އެކުގައެވެ.


ތިންވަނަ ޓީމަކަށް 608.1 ޕޮއިންޓާ އެކު ޑިޓިއުން ފިޝިންގ ހޮވުނުއިރު، އެންމެ ބަރު މަސް ބާނާފައިވަނީ މާސްޓަރ ކްލާހުގެ ހަސަން ނައީމްއެވެ. އޭނާ ބޭނީ 37.7 ކިލޯގެ ފާނައެކެވެ. އެންމެމޮޅު ފިރިހެން ކެޔޮޅަކަށް ހަސަން އައްޒާމް، ގޯޅިއަންސް ސްޕޯޓްސް ކްލަބް ހޯދިއިރު، އެންމެމޮޅު އަންހެން ކެޔޮޅަކަށް ހޮވުނީ ޑީޓިއުން ފިޝިންގ ގެ ފާތިމަތު ފެޒްލީން (ފެޒޫ) އެވެ.


މި މުބާރާތުގެ ދެވަނަ ޓީމަކަށް 10،000 ރުފިޔާ އަދި ތިންވަނަ ޓީމަކަށް 5,000 ރުފިޔާ ވަނީ ދީފައެވެ. އަދި އެންމެ މޮޅު ފިރިހެން އަދި އަންހެން މަސްވެރިޔާއަށް 1,000 ރުފިޔާ ވަނީ ދީފައެވެ.


ތިނަދޫ ސިޓީގައި މަސް ރޭސް އޮންނާނީ އަންނަ ހުކުރު ދުވަހެވެ. އަދި ނައިފަރުގައި ފަށާނީ މި މަހުގެ 23 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު