ފޭރާންހެޔޮ މުޖުތަމައެއް ބިނާކުރެވޭނީ އެފަދަ ކަންކަމަށް ދަރިން ހާނުވައިގެން: ނައިބު ރައީސް

2 months ago

އަފްރާހް

ފޭރާންހެޔޮ މުޖުތަމަޢެއް ބިނާކުރެވޭނީ އެފަދަ ކަންކަމަށް ދަރިން ހާނުވައިގެން ކަމުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ފުވައްމުލަކު ސްކޫލުގައި ބޭއްވި ސަތޭކަވަނަ ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.


ނައިބު ރައީސް ވިދާޅުވީ މަގުތަކުގައި ހިނގާ ގާނޫނާއި ގަވާއިދާ ޚިލާފުކަންކަން ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް "މާލެ ފަހި" ޕްރޮގްރާމު މިހާރު ފެށިފައިވާކަން ފާހަގަކުރެއްވިއެވެ.


މީގެއިތުރުން މަގުމައްޗަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުން ވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.


މި ރަސްމިއްޔާތުގައި، ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި މުޙައްމަދު ޖަމާލުއްދީނު ސްކޫލާއި ޙާފިޡު އަޙްމަދު ސްކޫލާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ފުވައްމުލަކު ސްކޫލުގެ ދަރިވަރުންނަށް ސެޓްފިކެޓާ ޓެގް ހަވާލުކޮށްދެއްވީ ނައިބު ރައީސް އެވެ.


މިއީ 2014 ވަނަ އަހަރު ފެށި ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމްގެ ދަށުން ބޭއްވި 100 ވަނަ ޕްރޮގްރާމެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ނޫން ތިޔަވިދާޅުވީއިތުރުފުޅެއް މިކަންރަނގަޅުވާންއިތީ ވެރިންނާ ސިޔާސީމީހުންތެދުބުނެ ތެދުބަހުންވާހަކަދައްކައިގެން ރިޔަމީހުންގެތެރޭގައި ތެދެއްބުނީކާކު މިސުވާލަށް ޖަވާބުބޭނުން

2 months ago

އިއްބެ

ނޫން ތިޔަވިދާޅުވީއިތުރުފުޅެއް މިކަންރަނގަޅުވާންއިތީ ވެރިންނާ ސިޔާސީމީހުންތެދުބުނެ ތެދުބަހުންވާހަކަދައްކައިގެން ރިޔަމީހުންގެތެރޭގައި ތެދެއްބުނީކާކު

2 months ago

ކަބަލުން

ފޭރާން ހެޔޮވާނީ އައުރަނިވާވެގެންދެއްތޮ؟

2 months ago