4 months ago
ރައްކާ ޕްރޮގްރާމަަށް 10 އަހަރުފުރުން ފާހަގަކުރުމަށް ހަފުލާއެއް ބާއްވައިފިއެވެ.
އޮގަސްޓް 10 ވަނަ ދުވަުގެ ރޭ ފުވައްމުލައްސިޓީގެ ފުވައްމުލަކު ސްކޫލުގައި ބޭއްވި ހަފުލާ ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު އެވެ.
މިއީ 2014 ވަނަ އަހަރުން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގަމުން އަންނަ ޕްރޮގްރާމެކެވެ. އެ އިދާރާ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތައް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިޔަށްގެންދާ ރައްކާ ރޯޑް ޝޯވ 2024 ކުރިޔަށްގެންދަނީ ފުވައްމުލައްސިޓީގައެވެ.
މި ޕްރޮގްރާމް ފުވައްމުލަކުގައި ކުރިޔަށްގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މި އޮގަސްޓް މަހުގެ 03 އިން 08 އަށް ކުރިއަށް ގެންގޮސްފައި ވަނީ ސަތޭކަ ވަނަ ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމެވެ. އަދި ދެވަނަ ބައިގައި ހިމެނޭ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމުތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ން 17 އަށެވެ.
ރޭގެ ހަފުލާގައި، ރައްކާ ކުރިޔަށްގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވީ ނައިބު ރައީސް އެވެ.