އައިޔޫއެމް އިން މޮރޮކޯގެ ޔުނިވަރސިޓީއަކާއެކު ގުޅުން ބަދަހިކޮށް ޕްރޮގްރާމުތަކެއް ހިންގަނީ

2 months ago

އަފްރާހް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން މޮރޮކޯގެ ޔުނިވަރސިޓީ އިން ކަސަބްލާންކާގެ ދަޢުވަތަކަށް އެ ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައިފިއެވެ.


އެ ޔުނިވަރސިޓީ އަށް އައިޔޫއެމް އިން ކުރެއްވި ޒިޔާރަތުގައި ބޭއްވި ބައްދަލުވުމުގައި އައިޔޫއެމްގެ ފަރާތުން ބައިވެރިވެލެއްވީ ވައިސް ޗާންސެލަރ، ޑރ. ޢަލީ ޒާހިރުއެވެ. ޔުނިވަރސިޓީ އިން ކަސަބްލާންކާ ގެ ފަރާތުން ބައިވެރިވެލެއްވީ އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސް އެންޑް ހިއުމަނިޓީސްގެ ޑީން، ޕްރޮފެސަރ. ޑރ. އަބްދުލް އިލާހް ބްރިސްކީއެވެ.


މި ބައްދަލުކުރެއްވުމުގައި ދެ ޔުނިވަރސިޓީގެ މަތީ ތަޢުލީމު ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮއްފައިވެއެވެ. އަދި އެކި ދާއިރާތަކާއި ގުޅުން ހުރި ސްޓޫޑަންޓް އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަަށް ވެސް މަޝްވަރާކުރެއްވިއެވެ.


މީގެއިތުރުން މަތީ ތަޢުލީމު ކުރިއެރުވުމުގެ އެހެނިހެން މަޝްރޫއުތައް ހިންގުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އައިޔޫއެމް އިން އަންނަނީ ބައިނަލްއަގްވާމީ އެތައް ޔުނިވަރސިޓީތަކަކާއި ގުޅިގެން ދަރިވަރުންނަށް ފޯރުކޮށްދޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު