އަންހެނުންގެ މަސައްކަތްތައް ކުރިއެރުވުމަށް މި ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރާނެ

2 months ago

އަފްރާހް

މި ސަރުކާރުން އަންހެނުން ބާރުވެރިކުރުވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިއެރުވުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


މާލެ ސިޓީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާއެކު އޮގަސްޓް 11 ވަނަ ދުވަހު ބެއްވެވި ބައްދަލުކުރެއްވުުގައި އެ ކޮމިޓީން ވަނީ އެބޭފުޅުން ކުރައްވަން ބޭނުންފުޅުވާ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތަކުން ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ލިބޭކަމުގައި ފާހަގަކުރައްވާފައެވެ. އަދި މިވަގުތު އެންމެ ކަންބޮޑުވަނީ ކުރިއަށްއޮތް ތަނުގައި އެކޮމިޓީގެ މަސައްކަތްތަކަށް އަންނާނެ ބަދަލެއް އެނގިފައިނެތުންކަން ފާހަގަކުރިއެވެ.


މީގެއިތުރުން މި އަހަރު ކުރުމަށް ނިންމާފައިވާ މުހިންމު ކަންކަމުގެ މައުލޫމާތު ވަނީ ރައީސް އާ ހިއްސާކޮށްފައެވެ.


މާލެ ސިޓީ ކައުންސިލުގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މިހާތަނަށް އ.ތ.މ. ކޮމިޓީތަކުން އެންމެ ގިނައިން ފާހަގަކޮށްފައިވަނީ ސަރުކާރުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބެންޖެހޭ އިނާޔަތްތަކާއި މުސާރައާއި އެހެނިހެން ޗުއްޓީފަދަ ކަންކަން ނުލިބުން ކަމުގައި ވިދާޅުވިއެވެ. އަދި އެކަންކަމަކީ ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލެއްކަން ފާހަގަކުރެއްވިއެވެ.


ރައީސް ވަނީ އެކަން ކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި އ.ތ.މ. ކޮމިޓީގެ ސްޓްރަކްޗަރަށް ބަދަލު ގެންނަވާނީ އެކަމަށް ފަންނީ ލެވެލްގައި ދިރާސާކޮށް ކޮމިޓީގެ މަސައްކަތްތައް މިހާރަށްވުރެ "އެފިޝަންޓް" ވާނެގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު