ފަޚުރުވެރި ރާއްޖެއެއް ބިނާ ކުރެވޭނީ ޒުވާނުންގެ އެއްބާރުލުމާއި ހިއްސާ އިތުރުކޮށްގެން: ރައީސް

2 months ago

އަފްރާހް

ދިވެހީންގެ ފަޚުރުވެރި ރާއްޖެއެއް ބިނާ ކުރެވޭނީ ގައުމީ ކޮންމެ މަސައްކަތެއްގައި ޒުވާނުންގެ އެއްބާރުލުމާއި ހިއްސާ އިތުރުކޮށްގެން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.


ރައީސް މިގޮތަށް ހާމަކުރައްވާފައިވާއިރު، އެމަނިކުފާނު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިފަހުން ޒުވާނުން ބާރުވެރިކުރުވުމުގެ މުޅިން އައު ޒަމާނެއް ފެށިފައިވާ ކަމަށް ޔޫތް މިނިސްޓްރީންގެންދަވަނީ ވިދާޅުވަމުންނެވެ. އެގޮތުން ސަރުކާރުން ރައީސްގެ ބެއްލެވުމުގެ ދަށުން ނިންމެވި ކޮންމެ ނިންމެވުމެއްގައި ޒުވާނުންނަށް ހާއްސަ ސަމާލުކަމެއް ދެއްވާފައިވާކަން ޔޫތް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.


ޒުވާނުންނާ ގުޅޭ ކަންކަން ނިންމުމުގައި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް ކައުންސިލެއް ވެސް މިސަރުކާރުން ވަނީ އުފައްދަވަން ނިންމަވާފައެވެ. މިއީގަައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި މަޝްވަރާއާއި ނިންމުންތައް ނިންމާއިރު ޒުވާނުން ދެކޭގޮތް ހާމަކުރެވޭނެ ގޮތް ފަހިކުރުމުގެ ގޮތުން އެކުލަވާލާ ކައުންސިލެކެވެ.


ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަހަކީ ޒުވާނުންނާ ގުޅުންހުރި އެކި ކަންކަމާގުޅޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން އދ. އިން ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވ މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 2000 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު