ނިމިދިޔަ ސަރުކާރުން އާންމުންނަށް ދޫކޮށްފައި ހުރީ ގޯތިތަކެއް ނޫން: މިނިސްޓަރ

2 months ago

އަފްރާހް

ނިމިދިޔަ ސަރުކާރުން އާންމުންނަށް ދޫކޮށްފައި ހުރީ ގޯތިތަކެއް ނޫން ކަމުގައި ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެ ތަންތަން ގޯތިތަކަށް ބަދަލުކުރަން ޖެހިފައިވަނީ މި ސަރުކާރުން ކަމަށެވެ.


ކަނޑުންނާއި ފަޅުން ދީފަ ހުންނަ އެއްޗަކަށް ގޯއްޗެކޭ ނުކިޔާނެ ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހިން ބިން ހިއްކައިގެން، ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރަމުން ދާނެ ކަމަށް ވިދާޅުވެފައެވެ.


"ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތިތައް ދޫކޮށްފައިވަނީ ބިން ހިއްކުމުގެ މަސައްކަތްކުރަމުންދާ ކުންފުނީގެ މަސައްކަތު ސާމާނު ބަހައްޓާ ތަންތަނުން. ބައެއް ގޯޅިތަކުން." މިނިސްޓަރު ވިދާޅުވިއެވެ.


މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ހައުސިންގ މިނިސްޓަރު އިތުރަށް ވިދާޅުވީ ދޫކުރި ބައެއް ގޯތިތައް ހުރީ ކަރަންޓު ނަރުތަކާއި ކަރަންޓު ފޮށިތައް ގޭތެރެއަށް ވާ ގޮތަށް ކަމަށެވެ. އަދި އެކަންކަން ހައްލުކޮށް، އެ ތަންތަން ސާފުކޮށް ގޯތި ހަވާލުކުރެވޭ ގޮތަށް ދެވަނަ ފިޔަވަހިން ދޫކުރަން ޖެހޭ 1،407 ގޯތީގެ ތެރެއިން 623 ގޯއްޗެއް ވެރިފަރާތާއި މިހާރުވާނީ ހަވާލުކުރެވިފައި ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު

ރަޝީދާ ފޭދޫ

ރައްޔަތުންގެ ފައިސާއިން ހިއްކާފަ ވާބިންތަކުން ވަކި ބަޔަކައް އެތައް މިލިޔަން ރުފިޔާއެއްގެ ބިން ބަހާލަނީ އެއީހަމަހަމަކޮއް ވެރިކަން ކުރާތީ ވާގޮތެއްތޯ ހަމަ އެއްވެސް މީހަކު ސަރުކާރައް ދައްކަން ބުނާ ޓެކުސް ނުދައްކަންވީ މިފައިސާ ނަގާފަ ވަކި ބަޔަކަށް ނާޖާއިޒު މަންފާތަކެއް މިހޯދަދެނީ ހޮދޮމުހުތާރުވާންވެސް ވަރެއްހުންނަންއެއްމެރަގަޅު މީމިހެންހުރިކަމެއްނޫން

2 months ago