މޫސުން ގޯސްވާނެތީ، ސަމާލުވުމަށް އިލްތިމާސްކޮށްފި

2 months ago

އަފްރާހް

ކުރިއަށް އޮތް ތިން ދުވަހަށް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ސަމާލުވުމަށް މުސުމާއިބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައިފއެވެ.


އެ އިދާރާ އިން މިހާރުވެސް ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރުއްވާފައެވެ. މި ސަމާލު މިއަދު ހަވީރު 3 ޖެހުމާއި ހަމައަށް ވަނީ ނެރެފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވަނީ ރީނދޫ ސަމާލު ވެސް ނެރުއްވާފައެވެ.


މި ވިއްސާރައިގައި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށް ވެސް ލަފާކުރައްވާއިރު، ވިލާގަނޑުގައި 45 މޭލަށް ވައި ޖެހޭނެ ކަމަށް ވަނީ ލަފާކުރައްވާފައެވެ.


އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމީ އަދާހަމަ އަށް ބަލައިގެން ދަތުރުކުރެއްވުމަށް އިލްތިމާސް ކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު