ފޮރިން މިނިސްޓަރ ބަހްރެއިނަށް ފުރާވަޑައިގެންފި

2 months ago

އަފްރާހް

ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ބަހްރެއިނަށް ފުރާވަޑައިގެންފިއެވެ.


އެ މިނިސްޓްރީން ވިދާޅުވީ މިއީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. މިއީ އެގައުމުގެ ފޮރިން މިނިސްޓަރ ޑރ. އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.


މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް ވެސް ވިދާޅުވެއެވެ.


މީގެއިތުރުން އެގައުމުގެ ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީ މިނިސްޓަރާއި އޮއިލް އެންޑް އެންވަޔަރަމަންޓް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރާ ވެސް ބައްދަލުކުރައްވައި، އެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަަމަށް ވެސް މިނިސްޓްރީން ވިދާޅުވެއެވެ.


އޮގަސްޓް 15 ވަނަ ދުވަހާއި ހަމައަަށް ކުރައްވާ މި ދަތުރުފުޅުގައި އެމްބެސެޑަރ އެޓް ލަރޖް އަހުމަދު ނަސީރާއި ބައިލެޓަރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދު އަދި ފޮރިން މިނިސްޓްރީގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


ރާއްޖެއާއި ބަޙްރައިނާއި ދެމެދު ސިޔާސީ ގުޅުން ބަދަހިކުރިތާ މިއަހަރަށް 44 އަހަރު ފުރޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު