4 months ago
ރާއްޖޭގެ ވެރިކަަމަށް ވަޑައިގަންނަވާ ބޭފުޅުން ވައުދުވަނީ މަޖުބޫރުކޮށްގެނެއް ނޫން ކަމަށާއި ރައްޔިތުންގެ ގާތަށް އަމިއްލައަށް ގޮސްގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ފައިސަލް ވަނީ ހަމަހަމަކާއެކީގައި އާބާދީގެ ނިސްބަތުން ކަންކަން ކުރުމަށް އެދިލައްވާފައެވެ.
ކަނޑިތީމު ދާއިރާއަކީ 5،000 އަށްވުރެ އާބާދީ ބޮޑު ދާއިރާއެއް ކަމަށާއި ނަމަވެސް ތިން ހާސް ވެސް ހަމަނުވާ ދާއިރާތަކަށް ވޭތުވެދިޔަ ވެރިކަންތަކުގައި ބިލިއަނުން ހަރަދުކޮށްފައި އެބަހުރިކަމަށް ވެސް ވިދާޅުވިއެވެ. އަދި ކަނޑިތީމު ދާއިރާ އަށް ލިބެނީ 1000 ބިލިއަން ކަމަށް ވެސް ވިދާޅުވިއެވެ.
"ރައީސް އަށް ހަމަރަނގަޅަށް އެނގިލައްވާނެ ޑރ. މުއިއްޒުގެ ވައުދުފުޅުތަކުގައި ކަނޑިތީމުު ދާއިރާގެ އެއްވެސް މަޖުބޫރުކަމެއް އޮތްތޯ. ނޯންނާނެ. ރައީސް ހުންނެވި އަރިހުގަ. ހަމަ ހިތުން ރުހުމުން ވައުދުވަނީ." އަމީން ފައިސަލް ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ވައުދެއް ވެއްޖިއްޔާ އެ ވައުދެއް ފުއްދަން ޖެހޭނެ ކަމަށާއި ކުރީގެ ރައީސުންނަށް ވެސް އަދުގެ ރައީސުންގެ ވެސް ރައްޔިތުން ވޯޓު ދިނީ އެބަހަށް ކަމަށެވެ. އެ ޒިންމާ އިން ނުރެކެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އިހްލާސްތެރިކަމާ، ވަގުންނާ ދެންތިބި މީހުންނާ ޣައްދާރުންނާ ހިފަންވީ ތިބޭފުޅުންނާއެކި އަޅުގަނޑު ވެސް ނުކުންނާނަން ހިފަން." މެމްބަރު ވިދާޅުވިއެވެ.
އެހެންނަމަވެސް ގައުމަކަށް ބޮޑުގެއްލުމެއް ދީފަ، ޖެހިގެން އޮތް ގައުމުގެ ޕްރައިމް މިނިސްޓަރަށް އެއްޗެހިކިޔާފަ ދައުލަތުން ތިން ހަތަރުމަހުގެ މުސާރަ ދިނީމަ އެއީ ލަދުވެތިކަމެއްގެ ގޮތުގައި މެމްބަރު އަމީން ފައިސަލް ފާހަގަުރެއްވިއެވެ. އަދި ކޮންމެވެސްސް ކަހަލަ ފިޔަވަޅެއް އެޅެންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތަފާތުކުރުމެއް އޮވެގެން ނުވާނެ ކަަމަށާއި ރިސޯޓު ހިންގާ ފަރާތްތަކަށް އެތައް ބިލިއަން ޑޮަލަރުގެ ގެއްލުން ވެއްޖެކަމަށް ބުނަމުން އަންނައިރު، އެކަމަށް ގެއްލުންވަންޏާ ފިޔަވަޅެއް އެޅެންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ގެއްލުން ނުވަންޏާ ބައިތިއްބަންވީ ކަމުގައި ވިދާޅުވިއެވެ.
މެމްބަރު އަމީން ފައިސަލް ވިދާޅުވީ ނަން ބަދަލުވިޔަސް އެތަންތަނުގައި ތިއްބެވީ ކުރީ ސަރުކާރުތަކުގައި ވެސް ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި މިއަދު ވެސް ގައުމު ހިންގަނީ އެބޭފުޅުން ކަަމަށް ވެސް ވިދާޅުވިއެވެ.
ާސާފު ތެދު
ތިޔައީ ތެދުފުޅެއް
4 months ago
މިއަދު
ރިސޯޓްތަކުންވަނީ ގެއްލުމޯ ރާއްޖެއަށްއަންނަފަތުރުވެރިން ދުވަހަށްވަނީގިނަޔޯ އެމީހުންއަސްތިބެނީ ކޮނތާކުބާ އެމީހުނަށްޚިދުމަތްދެނި ހިލޭސާބަހަށްތަ ގޮވާކޮސްވެސް އަޑއަހާނެ ބަޔަކު ތިބޭނެތީ އެހްޗެއްކިޔަނީ
4 months ago