ގުޅީފަޅުން ބިން ހަވާލުކުރަން ފެށޭނެ ތާރީހެއް ނޭނގޭ: މިނިސްޓަރ

2 months ago

އަފްރާހް

ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އެ ތަންތަން ހަވާލުކުރެވޭނީ ތިލަމާލެ ބްރިޖްގެ މަސައްކަތްކުރަމުންދާ ސައިޓް ހުސްވުމުން ކަމަށް ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ ދުވަހަކު ހެން އެ ތަނުގައި ބޮޑެތި މަސައްކަތު އުޅަނދުފަހަރު ދުއްވަމުން ދާ ކަމަށެވެ.


އެހެންކަމުން ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނެ ތާރީހެއް ދަންނަވަން ދަތިކަމަށް މިނިސްޓަރު ހައިދަރު ވަނީ ވިދާޅުވެފައެވެ.


ހައިދަރު ވިދާޅުވީ، ގުޅީފަޅުން ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްގެން ގެންދިއުމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށާއި، ގޯތިތައް ހަވާލުކުރެވޭނީ 85 ހެކްޓަރު އިތުރަށް އެތަނުން ހިއްކައިގެން ކަމަށެވެ.


މީގެއިތުރުން ހުޅުމާލޭ ފޭސް 3 ގެ ބިންހިއްކަން ފަށާނީ ނޮވެމްބަރު މަހު ކަމަށާއި އެ މަސައްކަތް ނިމުމުން ތިންވަނަ ފިޔަވަހިން ދޫކުރަން ޖެހޭ 699 ގޯތި އެ ތަންތަނުގެ ވެރިފަރާތްތަކާ ހަވާލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


މިނިސްޓަރ ވިދާޅުވީ އޭރު ގޯތި ލިބުނު އެއްވެސް ފަރާތެއް އުނިނުވާނެހެން މި ސަރުކާރުން އެ ގޯތިތައް މާލޭ ރަށްވެހިންނާ ހަވާލުކުރާނީ އެ ފަޅު ހިއްކައި، ހިކިފަސް ބިމުން، ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު