އެކިދާއިރާތަކުން މުވައްޒަފުން ތަމްރީނު ކުރުމަށް އިންޑިއާގެ އެހީ ހޯދުމަށް މަޝްވަރާކޮށްފި

2 months ago

އަފްރާހް

އެކިދާއިރާތަކުން މުވައްޒަފުން ތަމްރީނު ކުރުމަށް އިންޑިއާގެ އެހީ ހޯދުމަށް މަޝްވަރާކޮށްފިއެވެ.


މި މަޝްވަރާކުރައްވާފައިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޝްރީ މުނު މަހާވަރް، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ އައިޝާތު ރަމީލާގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.


މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގައި އޮތް މި ބައްދަލުކުރެއްވުމުގައި ވަނީ ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ގުޅުން ހުރި ދާއިރާތަކުން ކުރިއަށް ގެންދާ އެކި މަޝްރޫއުތަކުގައި އެގައުމުގެ އެހީތެރިކަން ހޯދުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައއެވެ.


މީގެއިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރާނެ ގޮތްތަކާއި ދިރޭތަކެތި ގެންގުޅުމާއި އެތަކެތިން ޖެހޭ ބަލިތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން މުވައްޒިފުން ތަމްރީން ކުރުމާއި ގުޅޭ ގޮތުން އިންޑިޔާއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރިއަށް ގެންދިޔަކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.


މި ބައްދަލުކުރެއްވުމުގައި އިންޑިޔާ ހައިކޮމިޝަންގެ ފަސްޓް ސެކެޓްރީ މިސް ބަރްކާ ތަމްރަކާރް އާއި މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު