އުތުރުގެ ބޮޑު ސަރަހައްދެއް ރީނދޫ ސަމާލުގަ

2 months ago

އަފްރާހް

ރާއްޖޭގެ އުތުރުގެ ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު ނެރުއްވާފައިވަނީ ހއ. އަތޮޅުން ފެށިގެން ކޮޅުމަޑުލަށެވެ. އެ ސަރަހައްދުގެ ރަަށްތަަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލަށް ވައިގަދަވާނެ ކަަމަށް ވެސް ލަފާކުރައްވާފައި ވެއެވެ.


މީގެއިތުރުން ވިލާގަނޑުގަިއ ގަޑިއަކު 50 މޭލަށް ވައި ގަދަވަނެކަމަށް އެ އިދާރާ އިން ވަނީ ލަފާކުރައްވާފައެވެ.


މިމަހުގެ 11 ވަަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގެ ސަރަހައްދުގައި މޫސުން ގޯސްވާނެކަމަށް ވަނީ ލަފާކުރައްވާފައެވެ. 


މެއި މަހު ހުޅަނގު މޫސުން ފެށި ކުރާ ވިއްސާރައަށް ފަހު، އޮގަސްޓު މަހަކީ ރާއްޖޭގެ ބޮޑު ބަޔަކަށް ދެން އެންމެ ވާރޭވެހެން ފަށާ މަސް ކަމަށް މެޓް އޮފީހުން އަންދާޒާ ކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު