ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ އެއްވަނަ ރޯޔަލް މެލޭޝިޔަން ނޭވީގެ ދަރިވަރަކަށް

2 months ago

އަފްރާހް

އެމްއެންޑީއެފުން ބާއްވާ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ 12 ވަނަ ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.


މިއީ ބޭރުގެ އަސްކަރިއްޔާތަކަށް ވެސް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.


ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއާއި ކޯސްޓްގާޑް ޓްރޭނިންގ ސްކޫލް ގުޅިގެން ހިންގި 12 ވަނަ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯސް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި އޯގަސްޓް 12 ވަނަ ދުވަހު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.


މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޯހުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ތަށްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސްގެ މިނިސްޓަރ، މުޢާޛު ޙަލީމެވެ. އަދި ކޯހުން ފާސްވި ދަރިވަރުންގެ މޭމަތީގައި ބެޖު ޕިންކޮށްދެއްވައި، ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ.


ކޯހުގެ އިންސްޓްރަކްޓަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ރިޒްމީ ވަލީދުއެވެ. ކޯސް ހިނގައިދިޔަ ގޮތުގެ ރިޕޯޓް އިއްވައިދެއްވީ ކޯސްޓްގާޑު 12 ވަނަ ބޭސިކް ޑައިވިންގ ކޯހުގެ ކޮސް އޮފިސަރ މޭޖަރ މުޙައްމަދު ޝަފީއުއެވެ.


ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުން 14 ހަފުތާގެ މުއްދަތަށް ގިރިފުށީގައި ހިންގި މި ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމާއި، މެރިޓުން އެއްވަނަ ދަރިވަރުގެ މަޤާމަށް ހޮވުނީ، ރޯޔަލް މެލޭޝިޔަން ނޭވީގެ އެބުލް ސީމެން މުޙައްމަދު އައިދީލް ބިން އޮތްމަންއެވެ.


ފިޓެސްޓް ޑައިވަރުގެ މަޤާމަށް ހޮވުނީ ސްރީލަންކަން ކޮމާންޑޯގެ ލާންސް ކޯޕްރަލް އާރ ޕީ އާރކޭ ދިލްޝަން. މި ކޯހުގައި ބައިވެރިވި ރާއްޖެއިން ބޭރު އަސްކަރިއްޔާތަކުގެ ޑައިވަރުންގެ ތެރެއިން ހޮވާ ބެސްޓް ފޮރިން ސްޓޫޑެންޓް މަޤާމަށް ހޮވުނ ރޯޔަލް މެލޭޝިޔަން ނޭވީގެ އެބުލް ސީމެން މުޙައްމަދު އައިދީލް ބިން އޮތްމަންއެވެ.


އިނގިރޭސި މީޑިއަމަށް ހިންގި މި ކޯހުގައި ޖުމުލަ 17 ސިފައިން ބައިވެރިވެ ކޯސް ފުރިހަމަ ކުރިއެވެ. މިކޯހުގައި ބޭރުގެ އަސްކަރިއްޔާތަކުގެ ތެރެއިން މެލޭޝިއާ، ސްރީލަންކާ، ނޭޕާލް، ތުރުކީ، ބަންގްލަދޭޝް އިން ނުވަ ސިފައިން ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު