މަޖިލީހުގެ މި ދައުރު ދަންމާލަނީ

2 months ago

އަފްރާހް

މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ދަންމާލަން ނިންމައި، ހުށަހަޅައިފިއެވެ.


ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މިކަން ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެވެ.


ކުރިން އޮތް ގޮތުން މިދައުރު މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ. ނަމަވެސް މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވަނީ މި މަހުގެ 26 ވަނަ ދުވަހާއި ހަމައަށް މިދައުރު ދަންމާލުމަށެވެ.


އެއީ މި ދައުރުގައި ނިންމުމަށް މުހިންމު މަސައްކަތްތައް ހުރުމުންކަން ފާހަގަކުރައްވައި، އަބްދުއްރަހީމް ވަނީ މި މަހުގެ 26 ވާ ހޯމަ ދުވަހުގެ ނިޔަލަށް ދައުރު ދަންމާލަން ވޯޓަށް އައްސަވާނެ ކަމަށް ވިދާޅުވެފައެވެ.


ވިހިވަނަ މަޖިލީހުގެ މެމްބަރުން ހުވާކުރައްވާފައިވަނީ މި އަހަރުގެ މެއި މަހުގެ 28 ގައެވެ. މި މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވާއިރު، ސުޕަރ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ. އެއީ 75 މެންބަރުންނާއެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު