ރާއްޖޭގައި ތެލެސީމިއާގެ ހާލަތު އޮތީ އިތުރަށް ހޭލުންތެރިވާންޖެހޭ ހާލަތެއްގަ: މެޑަމް ސާޖިދާ

2 months ago

އަފްރާހް

މި ސަރަހައްދުގައި ދިވެހީންގެ ތެރޭގައި ތެލެސީމިއާގެ ހާލަތު އޮތީ އިތުރަށް ވިސްނައި ހޭލުންތެރިވާންޖެހޭ ފަދަ ހާލަތެއްގައިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވި ދިހަ އަހަރު ދުވަހުގެ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން އާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ހުޅުވުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.


މެޑަމް ސާޖިދާ ފާހަގަކުރައްވާފައިވާ ގޮތުގައި މިހާރުވެސް 955 ކުއްޖަކު ސިއްހީ މި ހާލަތާއި ގުޅިގެން ރަޖިސްޓަރީ ކުރެވިފައި އެބަ ތިބިކަމަށެވެ. އަދި 666 ކުއްޖަކު ފަރުވާ ހޯދަމުންދާކަމަށެވެ.


މީގެއިތުރުން ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން ވެލިޑޭޝަން މަސައްކަތު ބައްދަލުވުމަކީ ވަރަށް މުހިންމު ޤައުމީ މަސައްކަތެއް ކަމަށާއި އިންސާނީ ޚިދުމަތެއްކަން ފާހަގަކުރެއްވިއެވެ.


މި ސަރުކާރުކާރުން މި ބޮޑު ގައުމީ މައްސަލައަށް ދެއްވާ ހާއްސަ އިސްކަމުގެ ތެރެއިން ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި 14 ކުދިން ރާއްޖޭން ބޭރަށް ބޯން މެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމައްޓަކައި ފޮނުވާފައިވާކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު މިހާރު ފަރުވާ ފުރިހަމަކޮށް ހެޔޮ ޙާލުގައި އެނބުރި ރާއްޖެ އައިސްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.


ހަމަމިއާއެކު ތެލެސީމިއާގެ ހާލަތު ރާއްޖޭގައި ރަނގަޅުކޮށް ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު