ކުނި ނަގާ ގަޑިތަކުގައި ފަސޭހައިން ނެގޭގޮތަށް ބެހެއްޓުމަށް ވެމްކޯ އިން އެދިއްޖެ

2 months ago

އަފްރާހް

މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ދިމާވަމުންދާ ދަތިތަކާއެކު ވެސް ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯ އިން ވިދާޅުވެއްޖެއެވެ.


އެ ކުންފުނިން ނެރުއްވި ބަޔާނެއްގައި ވަނީ މިހާލަތުގައި ގޭބީސީތަކުންނާއި ވިޔަފާރިތަކުން ކުނިނެރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދުރާލައި، މަގުމައްޗަށް ކުނި ނުނެރުމަށް ވެސް އެދިލައްވައެވެ.


މީގެއިތުރުން ކުނި ނަގާ ގަޑިއަށް ސަމާލުވެ އެގަޑިތަކުގައި ފަސޭހައިން ކުނި ނެގޭނެ ގޮތަށް ކުނިތައް ބެހެއްޓުމަށް އެ ކުންފުނިން ވަނީ އިރުޝާދުދެއްވާފައެވެ. އަދި އެއްވެސް ތަނަކުން ކުނި ނުނަގާ ހުރިނަމަ 1666 އަށް ގުޅައި، އެކަން އެންގުމަށް ވެސް އެދިލައްވައެވެ.


ހަމަމިއާއެކު ޓްރާންސްފަރ ސްޓޭޝަންތަކުން ހިދުމަތް ހޯދާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ކުންފުނީގެ މުވައްޒަފުންގެ އިރުޝާދުތަކަށް ސަމާލުވުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.


ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްތަކުގައި ވެސް ވަނީ ފެން ބޮޑުވެފައެވެ. 


ކިޔުންތެރިންގެ ހިޔާލު