އާރަށުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ލައިވް ކުރަނީ

2 months ago

އަފްރާހް

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ ފައިސާ ލޯންޑާކޮށް ޚިޔާނާތްތެރިވިކަމުގެ ދައުވާތައް އަލުން ފެށުމަށް ނިންމައިފިއެވެ.


މި ޝަރީއަތް އަލުން ފެށުމަށް ނިންމާފައިވާއިރު، ޝަރީއަތްތައް ލައިވްކުރު،ަށް ވެސް ކްރިމިނަލް ކޯޓުން މިހާރުވަނީ ނިންމާފައެވެ.


އެ ފައިސާ އަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާކުރުމުގެ ކުށް، ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރ 25 ވަނަ ދުވަހުއެވެ.


އެހެންނަމަވެސް ވެރިކަން ބަދަލުވެ، 2024 އޭޕްރީލް 18 ގައި ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ޔާމީން މިނިވަންކުރައްވާފައެވެ. އަދި އެ މައްސަލައިގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ވެސް ވަނީ މިނިވަން ކުރައްވާފައެވެ.


އެކަމަކު އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ވަނީ ދަށު ކޯޓަށް އަންގާފައެވެ. އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ވަނީ ބާއްވާފައެވެ.


ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވުނީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް އެ މަނިކުފާނު ވެރިކަންކުރެއްވިއިރު، ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އޭރު ވ. ފެލިދޫ ދާއިރާގެ މެންބަރަކަަށް ހުންނެވި ޔޫސުފް ނައީމްގެ އަތުން ރިޝްވަތު ބައްލަވައިގެން، އެ ފައިސާ ލޯންޑާކުރި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު