އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ މެމްބަރަކަށް ޑރ. ޝަހީމް

2 months ago

އަފްރާހް

އިންޓަރނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ މެމްބަރަކަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު އައްޔަން ކުރައްވައިފިއެވެ.


އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެމަނިކުފާނު މިމަގާމަށް އައްޔަން ކުރެއްވީ މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހު އެ އެކަޑަމީގެ އިދާރީ ބައްދަލުވުމުގައި ކަމަށެވެ.


އޯއައިސީއަކީ އިސްލާމީ ޤައުމުތަކުގެ ސުލްޙައާއި މަސަލަސްކަމަށް މަސައްކަތްކުރާ އެންމެ ބޮޑު ޖަމްޢިއްޔާއެވެ. އެ ޖަމްޢިއްޔާގެ ބޮޑެތި މަޝްވަރާތަކާއި ނިންމުންތަކުގައި ރާއްޖެއިން ޚިޔާލު ހުށައަޅާ، މުހިންމު ނިންމުންތައް ނިންމުމުގައި ރާއްޖެއިން މުހިންމު ދަޢުރެއް އަދާކުރަމުންއާދެއެވެ.


އިންޓަނޭޝަނަލް ފިޤުހު އެކަޑަމީގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ 57 މެންބަރު ޤައުމު ހިމެނެއެވެ. ފިޤުޙު އެކަޑަމީ އުފެދުނީ 1981 ވަނަ އަހަރުއެވެ.


މިނިސްޓަރ ޑރ ޝަހީމް ވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި އެޖަމިއްޔާގެ "ވޮއިސް އޮފް ވިސްޑޮމް ސެންޓަރ" ގެ ވެރިޔާގެ މަގާމު ވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު