އެމްޓީސީސީގެ ސީއީއޯ އާއި އައިލެންޑް އޭވިއޭޝަންގެ ޗެއަރޕާރސަން މަގާމުން ވަކިކޮށްފި

2 months ago

އަފްރާހް

އެމްޓީސީސީގެ ސީއީއޯގެ މަގާމުގަިއ ހުންނެވި މުހައްމަދު ޒިޔާދާއި އައިލެންޑް އޭވިއޭޝަންގެ ޗެއަރޕާރސަންގެ މަގާމުގައިހުންނެވި މުހައްމަދު މިހާދު މަގާމުން ވަކިކޮށްފިއެވެ.


ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މީސްމީޑއާގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެކަން ވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް މަގާމުން ވަކިކުރި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.


އެމްޓީސީސީގެ ސީއީއޯގެ މަގާމުން ޒިޔާދު ވަކިކުރެއްވުމަށްފަހު، ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވި އަހުމަދު ސައުދީ ވަނީ ހަމަޖައްސަވާފައެވެ. ސައުދީ ވަނީ ޔޫތު މިނިސްޓްރީގެ ނައިބުކަން ވެސް ކުރައްވާފައެވެ.


އެމްޓީސީސީގެ ސީއީއޯގެ މަގާމަށް ޒިޔާދު އައްޔަންކުރައްވާފައިވަނީ ފައިބެއަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު