ޕާކިސްތާނާއި ޖޯޑަން އިން ސްކޮލަރޝިޕްގެ ފުރުސަތު

2 months ago

އަފްރާހް

ޕާކިސްތާނާއި ޖޯޑަން އިން މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޕާކިސްތާނުގެ ގިފްޓް ޔުނިވަރސިޓީގައި ކިޔެވުމަށް ހުޅުވައިލި މި ފުރުސަތުގައި، ކޮންޕިއުޓަރ ސައިންސް، ސައިކޮލޮޖީ އަދި އިކޮނިމިކްސް ފަދަ ދާއިރާތަކުގެ އެކި ލެވެލްގެ ކޯސްތަކުން މަތީ ތަޢުލީމު ހާސިލުކުރެވޭނެ ކަމަށެވެ.


މި ސްކޮލަރޝިޕްގެ އިތުރުމައުލުޫމާތު ހޯއްދެވުމަށް، ގިފްޓް ޔުނިވަރސިޓީގެ ވެބްސައިޓުން https://www.gift.edu.pk/ ލިބޭނެއެވެ. އަދި އެ ޔުނިވަރސިޓީގެ ސްކޮލަޝިޕަކަށް އޮގަސްޓް 30 ވާ ހުކުރު ދުވަހުގެ ކުރިން ހުށަހަޅަން ޖެހެއެވެ.


މީގެއިތުރުން 2024-2025 އެކަޑަމިކް އަހަރު ޖޯޑަންގެ ޔުނިވަރސިޓީތަކުގައި މަތީތައުލީމު ހާސިލްކުރުމަށް ޝައުގުވެރިވާ އިންޓަރނޭޝަނަލް ދަރިވަރުންގެ އެޕްލިކޭޝަން ހުށަހެޅުމަށް ހާއްސަކޮށްގެން، ޖޯޑަންގެ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ސައިންޓިފިކް ރިސަރޗްގެ ފަރާތުން، ޔުނިފައިޑް އެލެކްޓްރޯނިކް އެޑްމިޝަން ސިސްޓަމެއް ވަނީ އިފްތިތާހުކޮށްފައެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ 'ކޮލަންބޯ ޕްލޭން' ގެ ނަމުގައި ދެކުނު ކޮރެޔާގެ ކޭ.ޑީ.އައި ސްކޫލް އޮފް ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓުންން މާސްޓަރސް ލެވެލްގެ 4 ކޯހަކުން ސްކޮލަރޝިޕް ހާސިލުކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު