ކޮޅުމަޑުލުގެ ހަ ރަށެއްގެ ރައްޔިތުންނަށް ކެންސަރ ސްކްރީނިންގ ޕްރޮގްރާމެއް މިއަދު

2 months ago

އަފްރާހް

ކޮޅުމަޑުލުގެ ހަ ރަށެއްގެ ރައްޔިތުންނަށް ކެންސަރ ސްކްރީނިންގ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންދާނެއެވެ.


މިހަރަކާތުގެ މައުލޫމާތު 'އޮއިވަރު' އާއި ހިއްސާކުރަވަމުން ތ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޙަސަން ޒިޔާދު ވިދާޅުވީ މިހާރުކުރިއަށް ދަނީ ކެންސަރާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އަދި މިކަމުގައި ހަރަކާތްތެރިވަނީ ކެންސަރ ސޮސައިޓީގެ ބޭފުޅުން ކަމަށެވެ.


އެގޮތުން ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ވަންދޫ، ކަނޑޫދޫ ހިރިލަންދޫ ގައި މައުލޫމާތު ދިނުން ކުރިއަށްދާއިރު، އޭނާ އިތުރަށް ވިދާޅުވީ މިހާރުކުރިއަށްދާ އަވެއަރނެސް ޕްރޮގްރާމު ނިމުމާއެކު ސްކްރީނިންގ ޕްރޮގްރާމު ފަށާނެ ކަމަށެވެ.


އެކަމުގައި ހަރަކާތްތެރިވާނީ އަވެއަރނަސް ޕްރޮގްރާމުގައި މިހާރުއުޅުއްވާ ހަ ބޭފުޅުންނާއި ކެންސަރ ސޮސައިޓީން މިއަދު އިތުރަށް ވަޑައިގަންނަވާ 13 ބޭފުޅުންނާއެކު ޖުމްލަ 19 ބޭފުޅުންގެ ޓީމެއް ކަަމަށް ވެސް ވިދާޅުވިއެވެ.


މެނޭޖަރު ޙަސަން ޒިޔާދު ވިދާޅުވީ ކިނބިދޫ އާއި އޮމަދޫ ރައްޔިތުންގެ ސްކްރީނިންގ ވޭމަންޑޫގައި ކުރިއަށްދާއިރު، ވަންދޫ އަދި ކަނޑޫދޫ ރައްޔިތުންގެ ސްކްރީނިންގ ކުރިއަށްދާނީ ހިރިލަންދޫގައި ކަމަށެވެ.


ޙަސަން ޒިޔާދު ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދަނީ ހުރިހާ ރަށެއްގެ ވެސް ކައުންސިލާއި ސްކޫލުު އަދި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އަދި ސްކްރީނިންގ އަށް ވޭމަންޑު އަދި ހިރިލަންދޫ އަށް ރައްޔިތުން ފޮނުވަނީ ކޮންމެ ރަށަކުން ވެސް އެ ރަށެއްގެ ކައުންސިލުން ޓްރާންސްޕޯޓު ހަމަޖައްސައިދީގެން ކަމަށެވެ.


އެހެންވެ، އެކަމަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު