ތިލަފުށީގައި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކު ހޮސްޕިޓަލަށް

2 months ago

އަފްރާހް

ތިލަފުށީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށް، ކޮންމެވެސް ވަރަކަށް މީހަކު ފިހިފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ އެއީ ދިވެއްސެއް ކަމަށާއި އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިކަމަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި މި އަލިފާން މިހާރުވަނީ ކޮންޓްރޯލު ކުރެވިފައިނަމަވެސް އެއްކޮށް ނިއްވާނުލެވޭކަމަށް ވެސް ވިދާޅުވިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވީ ތިލަފުށީ މެރިން ސެންޓަރުގައި ކަމަށެވެ. އަދި ތިލަފުށީ ފަޔަރ ސެންޓަރުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު