4 months ago
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ޗައިނާ ވަޑައިގެންނެވީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އަދި ރާއްޖެ ވަޑައިގެންނެވީ އޮގަސްޓް 23 ވަނަ ދުވަހުއެވެ.
މަޖިލިސް ރައީސްގެ މި ދަތުރުފުޅުގައި ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް، ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) އިން އިންޓަރ ޕާލަމެންޓްރީ ޔޫނިއަން (އައި.ޕީ.ޔޫ) އާ ގުޅުނުތާ 40 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށާއި އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މީގެއިތުރުން އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޤގައުމުތަކުގެ ގާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންނާއި އައި.ޕީ.ޔޫ.ގެ ރައީސާއި ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ ސްޓޭންޑިންގ ކޮމިޓީގެ ޗެއަރމަންއާއެކު ހާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އަދި ރާއްޖެއާއި ޗައިނާގެ ގުޅުން މިހާރަށްވުރެ ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވާފައި ވެއެވެ.
މަޖިލިސް ރައީސް ވަނީ ޗައިނާގެ ބެއިޖިންގައި ކުރިއަށްދިޔަ "2024 އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް" ގައި ވެސް ތަގުރީރުކުރައްވާފައެވެ.
ހަމަމިއާއެކު މި ދަތުރުފުޅުގައި އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ސެމިނަރގެ ހަވާސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އައި.ޕީ.ޔޫ.ގެ ރައީސާއި އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލް އާ ވެސް ބައްދަލުކުރައްވާފައެވެ.