އަދުގެ ސަރުކާރު އިސްލާމް ދީނަށް ނަސްރު ދިނުމުގައި ދެމިތިބޭނެ: ޑރ. ޝަހީމް

2 months ago

އަފްރާހް

މިއަދުގެ ސަރުކާރަކީ އިސްލާމްދީނަށް ނަޞްރު ދިނުމުގައި ދެމި ތިބޭނެ ސަރުކާރެއްކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލި ސަޢީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.


މި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާ ކަންތައްތަކާއި ޙާޞިލްކުރައްވަމުން ގެންދަވާ ކާމިޔާބީތަކުގެ ފަހަތުގައި ހުންނެވި އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.


މީގެއިތުރުން އެ ވުޒާރާއިން މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިއްމު ބަޔަކީ ދީނީ ޢިލްމުވެރިން ކަމަށާއި އެކަންކަން ފާހަގަކުރެއްވިއެވެ. އަދި ޢިލްމުވެރިންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.


މިނިސްޓަރ އިތުރަށް ވިދާޅުވީ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބޭއްވޭކަމީ އުފާ ކުރައްވާކަމެއް ކަމަށެވެ.


އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދާ ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާފައިވަނީ ޖަމްޢިއްޔަތު ތުފޫދުލް ޙަރަމްގެ ރައިސް އަލްއުސްތާޛު ދުކްތޫރު ޙަމްދާން ބިން ޙުމައިދު ބިން ބުރައިކް އައްސުލަމީއެވެ. 


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ސޮއިކުރީކޮންކަހަލަމުޢާހަދާއެއްގައިކަން ޝަހީމަށްނޭންގެނީތަ

2 months ago