ކައުންސިލުތަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރަމުންދަނީ ބާރު ކަނޑުވާލަން: އެމްޑީޕީ

2 months ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލުތަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރަމުންދަނީ ކަނޑައެޅިގެން ކައުންސިލުތަކުގެ ބާރު ކަނޑުވާލަންކަމުގައި ސިޔާސީ އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑިޕީން ބުނެފިއެވެ.


އެ ޕާޓީން މިފަދައިން ބުނީ ލާމަރުކަޒީ ނިޒާމަށް ކުރިމަތިވަމުންދާ އެކި ގޮންޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.


އެބަޔާނުގައި ވަނީ ކައުންސިލް އިދާރާތަކަށް ސިޔާސީ މުވައްޒަފުން އައްޔަންކުރުން ހުއްޓާލުމަށް ވެސް ގޮވާލާފައެވެ.


"ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލް އިދާރާތަކަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ސިޔާސީ މުވައްޒަފުން އައްޔަނުކުރުމުގެ ބާރު ރައީސް ޑރ.މުއިއްޒަށް ލިބިވަޑައިނުގަންނަވާތީ، ކައުންސިލް އިދާރާތަކަށް ސިޔާސީ މުވައްޒަފުން އައްޔަނުކުރުން ހުއްޓާލުމަށް މިޕާޓީން ގޮވާލަމެވެ." ބަޔާނުގައި ވެއެވެ.


މީގެއިތުރުން ސަރުކާރުގެ ސުޕަރ މެޖޯރިޓީއޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅިދާނެ ގާނޫނުތަކާމެދު ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއެކު ބިނާކުރުވަނިވި މަޝްވަރާއަކަށް ދިއުމަށް ވަނީ ގޮވާލާފައެވެ. އަދި ގުޅުންހުރި މަދަނީ ޖަމިއްޔާ، ޖަމާއަތްތަކާއި ސިޔާސީ ޕާޓީތަކާއެކު ވެސް ހުޅުވާލެވިފައިވާ ބިނާކުރުވަނިވި މަޝްވަރާއަކަށް ދިއުމަށް ގޮވާލާފައި ވެއެވެ.


އެމްޑީޕީން ވަނީ އެފަދަ މަޝްވަރާއާއެކު މެނުވީ އެފަދަ ބިލުތައް ފާސްނުކުރުމަށް ރައްޔިތުންގެ މަޖިލިހަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު

ޥާރުސް އަހުމަދު

ގުދޯ ގުދޯ ދޯ މިގޮވަނީ، އެންމެ ފުރަތަމަވެސް ކައުންސިލްތަކަށް ސިޔާސީ މީހުން އައްޔަންކުރީ އެމްޑީޕީގެ ވެރިކަމުގައި، މަޢުމޫނުގެ ނުފޫޒު ދުއްވާލުމުގެ ނިޔަތުގައި،

2 months ago

ނަޖުމީ

މީ ބޮޑުބަލާއެއްކަހަލަ ބައެއްނޫން މިމީހުންގެ ސަރުކާކުގަ އެތައް ޑިޕިޔުޓީ މިނިސްޓރުނަނާ އެތައް ސިޔާސީ މަޤާމެއް އުފައްދާ ދައުލަތައް ނުތަކާވަރައް މުސާރަތައް ބޮޑުކުރިއިރު ނޫހިކުން އަހަރުމެން ނުދެކެން އިދިކޮޅުން އެއްޗެއް ކިޔާތަނެއް ފައްޔާޒާ މާރިޔާ ގެނަސް ރައީސާ ނަެިބު ރައީސައް ހަދަންވީއެއްނޫން ދެން ޝާހިދު ގެންސް ރައީސް އޮފީސް ކުނިކަހަން ބަހައްޓަންވީއެއްނޫން

2 months ago