ގަވާއިދާ ހިލާފަށް ބިއުޓީ ސެލޫނެއް ހިންގި މީހަކު ޑިޕޯޓުކޮށްލައިފި

1 month ago

އަފްރާހް

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިއުޓީ ސެލޫނެއް ހިންގި މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ޑިޕޯޓުކޮށްލައިފިއެވެ.


އިމިގްރޭޝަނުން ވިދާޅުވީ ޑީޕޯޓުކޮށްލާފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ފަރާތެއް ކަމުގައިވާ "ރަޖަނީ ޝްރެސްތާ" އާންމު ނަމުންނަމަ ރިޒް ކަމަށެވެ.


އެތަން ބަލާފައިވަނީ "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން އޮގަސްޓު 11 ވަނަ ދުވަހު ހިންގި ހާއްސަ އިންސްޕެކްޝަނެއްގައި ކަމަށް ވެސް އިމިގްެރޭޝަނުން ވިދާޅުވެއެވެ.


އެގޮތުން މި ބިދޭސީފަރާތަކީ އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިއަ ފަރާތެއްކަން އެނގިފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ.


މި ބިދޭސީފަރާތާއި އޭނާގެ ހަތަރު ބިދޭސީ މުވައްޒަފުންގެ ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް، އޮގަސްޓު 13 ވަނަ ދުވަހު މި ފަރާތްތައް ވަނީ ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައި ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.


އިމިގްރޭޝަން ކޮންޓްރޯލަރގަ މަގާމާއި ޝަމްޢާން ހަވާލުވެވަޑައިގެން، ގެންދަވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއި ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި އެކަމުގެ ހެޔޮޮ ނަތީޖާ ވެސް ދަނީ ފެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު