ވިސާގެ ބޭރުން ގަވާއިދާ ހިލާފަށް މަސައްކަތްކުރި މީހުންގެ ލިސްޓަށް ސުޝްމިތާ ދައުގޮދާ ވެސް!

1 month ago

އަފްރާހް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިސާގެ ބޭރުން ގަވާއިދާ ހިލާފަށް މަސައްކަތްކުރި މީހެއް ފުރުވާލައިފިއެވެ.


މޯލްޑިވްސް އިމިގްެރޭޝަނުން އަދާހަމަކުރައްވާފައިވާ ގޮތުގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި އިތުރު ފަރާތެއް ވަނީ ފުރުވާލާފައެވެ. އެގޮތުން "ސުޝްމިތާ ދައުގޮދާ" އާންމު ނަމުންނަމަ ސުޒޫ އާއި ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެން އޮގަސްޓު 18 ވަނަ ދުވަހު ވަނީ ހާއްސަ އިންސްޕެކްޝަނެއް ހިންގާފައެވެ.


އެގޮތުން މި ބިދޭސީފަރާތަކީ އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އައި ފަރާތަކަށް ވާތީ، އޭނާ ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް، އޮގަސްޓު 20 ވަނަ ދުވަހު ފުރުވާލާފައި ކަަމަށް ވެސް ވިދާޅުވިއެވެ.


އޭނާ ފުރުވާލާފައިވާއިރު، ރާއްޖޭގެ ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ ރިޒް ސެލޫންގެ ވެރިޔާ ރަޖަނީ ޝްރެސްތާ (ރިޒް) ވެސް ވަނީ ރާއްޖެއިން ޑިޕޯޓުކޮށްލާފައެވެ. އެއީ ވެސް "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާއި ގުޅިގެންނެވެ.


އޮގަސްޓު 11 ވަނަ ދުވަހު ހިންގި ހާއްސަ އިންސްޕެކްޝަނެއްގައި އެތަން ބަލާފައިވާއިރު، އެއީ ވެސް އޭނައަށް ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ ފަރާތެކެވެ.


އެހެންވެ، އޭނާއާއި އޭނާގެ ހަތަރު ބިދޭސީ މުވައްޒަފުންގެ ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް، އޮގަސްޓު 13 ވަނަ ދުވަހު އެ ފަރާތްތައް ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައި ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު