ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ނިމިއްޖެ

1 month ago

އަފްރާހް

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ނިމިއްޖެއެވެ.


މި ބައްދަލުވުން ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.


އޮގަސްޓް 23 ވީ ހުކުރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ ޖަމްޢިއްޔަތު ތުފޫދުލް ޙަރަމްގެ ރައިސް އަލްއުސްތާޛު ދުކްތޫރު ޙަމްދާން ބިން ޙުމައިދު ބިން ބުރައިކް އައްސުލަމީއެވެ.


ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ބައިވެރިވެލެއްވި މި ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މަޢުޟޫއުތަކަށް ބަޙުޘް ކުރައްވާފައި ވެއެވެ. އަދި ތަފާތު މަޢުޟޫއުތަކަށް ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.


މި ބައްދަލުވުން ނިންމާލާފައިވަނީ އޮގަސްޓް 24 ވީ ހޮނިހިރު ދުވަހުގެ ރެއެވެ.


ކިޔުންތެރިންގެ ހިޔާލު