ސެޕްޓެމްބަރ މަސްތެރޭގައި އާސަހަރާގެ ނިންމާލެވޭނެ: މޭޔަރު

1 month ago

އަފްރާހް

މި ފެށޭ ސެޕްޓެމްބަރ މަސްތެރޭގައި އާސަހަރާގެ މަސައްކަތް ނިންމާލެވޭނެކަމަށް މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެެވެ.


މީސްމީޑިއާގެ 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ އެ މަސައްކަތް ނިމޭއިރު 3,200 އަކަފޫޓު މިސްކިތަށް އިތުރު ކުރެވޭނެ ކަމަށެވެ.


މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާޚާނާއެއް ވެސް ގާއިމުކުރާނެ ކަަމަށް ވިދާޅުވިއެވެ. އަދި އަންހެނުންނަށް ހާއްސަ ފާޚާނައަކާއި، ވުޟޫ ކުރާ ބައެއް ވެސް ގާއިމުކުރާނެ ކަަމަށް ވިދާޅުވިއެވެ.


އާޒިމް އިތުރަށް ވިދާޅުވީ ނަމާދު ކުރާ ބައަކާއި ޖަނާޒާތަކަށް ދާ މީހުން މަޑުކޮށްލެވޭނެ ހާއްސަ ސަރަހައްދެއް ވެސް ތަރައްގީ ކުރާނެ ކަމަށެވެ.


އާސަހަރާ މަރާމާތުކުރުމުގެ މަސައްކަތް ފައިބެއަހަރުގެ މދއި މަހުން ފެށިގެން ކުރަމުންއަންނާތީ، އެތަނުގައި މީހުން ވަޅުލުން ވަގުތީ ގޮތުން ހުއްޓާލާފައިވާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި މަރުވާ މީހުން މިހާރުވަޅުލަނީ ހުޅުމާލޭ ސަހަރާގައެވެ.


މަސައްކަތް ފަށާތާ ދެމަސްތެރޭގައި ނިންމާގޮތަށް ފެށިނަމަވެސް އެކި ސަބަބުތަކާއި ހުރެ އެ މަސައްކަތް އަދިވެސް ވަނީ ނުނިމިއެވެ.


ކިޔުންތެރިންގެ ހިޔާލު