ހާލު ކިހިނެއް؟ ޕްރޮގްރާމު ހައްދުންމަތީގަ

1 month ago

އަފްރާހް

ލ އަތޮޅުގައި "ޙާލު ކިހިނެއް؟" ޕްރޮގްރާމު ފެށުމަށްޓަކައި އެ އަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި މަޝްވަރާކޮށްފިއެވެ.


މި ޕްރޮގްރާމު އެ އަތޮޅުގެ 3 ރަށެއްގައި ވަނީ ފަށާފައެވެ. އެއީ ލ ފޮނަދޫ، މާމެންދޫ އަދި މާވަށެވެ.


ކާމިޔާބު ކަމާއެކު އެ އަތޮޅުގައި މި ޕްރޮގްރާމު ކުރިއަށް ގެންދާއިރު، މިހާރު އެ އަތޮޅުގައި ހަރަކާތްތެރިވާ "ޙާލު ކިހިނެއް؟" ޕްރޮގްރާމުގެ ޓީމުން ގެންދަނީ ގަމު ކައުންސިލާއި ގުޅިގެން ގަމުގައި ޕްރޮގްރާމު ފެށުމަށް މަސައްކަތް ކުރަމުންނެވެ.


އެގޮތުން ގަމު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ބައްދަލުކޮށް ޕްރޮގްރާމު އެ ރަށުގައި ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.


އަތޮޅުތެރޭގައި "ޙާލު ކިހިނެއް؟" ޕްރޮގްރާމު ކުރިއަށް ގެންދަނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ވެސް ގުޅިގެންނެވެ. އަދި އަތޮޅުތެރޭގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީތަކުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ އެ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.


އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން މާލެ އަދި އަތޮޅުތެރޭގައި ކުރިއަށް ގެންދާ ޙާލު ކިހިނެއް ޕްރޮގްރާމަކީ ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، ޙާލު ބަލައި ދައުލަތުގެ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. 


ކިޔުންތެރިންގެ ހިޔާލު