4 months ago
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ 'އިންޓަރނޭޝަނަލް އިންޓެލެކްޗުއަލް އެޑްވާންސްމަންޓްސް ކޮންފެރެންސް'ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ކޮންފެރެންސަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޢިލްމުވެރިންނާއި ތަޖުރިބާކާރުން ބައިވެރިވެ، އެ ބޭފުޅުން މަސައްކަތް ކުރައްވާ ދާއިރާތަކުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ދާއިރާތަކާއި ގުޅޭގޮތުން ކޮއްފައިވާ ދިރާސާތަކާއި އިތުރު މަޢުލުމާތު ޙިއްސާކުރުމުގެ މަޤްސަދުގައި އައިޔޫއެމްގެ ފަރާތުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ކޮންފެރެންސެކެވެ.
30 އޮގަސްޓް 2024ގެ ކުރިން މި ކޮންފެރެންސްގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރައްވާ ބޭފުޅުން 250 ދައްކަވަން ޖެހޭއިރު، އޭގެ ފަހުން ރަޖިސްޓަރ ކުރައްވާ ބޭފުޅުން ދައްކަވަން ޖެހެނީ 300 ރުފިޔާއެވެ.