މަޖީދިއްޔާ ސްކޫލުގެ މޮނިއުމެންޓް ރަސްމީކޮށް ހުޅުވައިފި

1 month ago

އަފްރާހް

މަޖީދިއްޔާ ސްކޫލަށް ގަރުނެއް އަހަރުފުރުމުގެ މުނާސަބާގައި ހަދާފައިވާ މޮނިއުމެންޓު ރަސްމީކޮށް ހުޅުވައިފިއެވެ.


މި މޮނިއުމެންޓް ހުޅުވައިދެއްވީ އޮގަސްޓް 25 ވީ އާދީއްތަ ދުވަގުގެ ރޭ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.


މި ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެމްބަރުންނާއި އާންމު މެމްބަރުންނާއި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ވެސް ވަނީ ބައިވެރިވަޑައިގެންފައެވެ. އަދި އެ ސްކޫލުން ތައުލީމު ހާސިލުކުރި ވަރަށްގިނަ ދަރިވަރުން ވެސް ވަނީ ބައިވެރިވެފައެވެ.


މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ (މމދ ޖަމިއްޔާ) ގެ ރައީސް ވިދާޅުވެފައިވަނީ މި މޮނިއުމެންޓް ނިމި، އާންމުކޮށް ހުޅުވައިލުމުން، އޭގެކައިރިން ދާއިރު، މަޖީދިއްޔާ އިން ކިޔެވުމުގެ އުފަލާއި ޝަރަފް ލިބިފައިވާކަމުގެ އުފާވެރި އިހްސާސް ވެސް ކުރެވޭނެ ކަމަށެވެ.


މިބިނާ އިމާރާތްކޮށްފައިވަނީ މމދ ޖަމިއްޔާގެ މުސްކުޅި ދަރިވަރުންގެ އެހީ އާއި އެކަމަށް ފަންޑް ހޯދުމަށް ހިންގި ހަރަކާތްތަކުންނެވެ.


އެހެންކަމުން އަފްޢާލް ވަނީ މި ހަރަކާތަށް މިހައިތަނަށް އެހީތެރިވެދެއްވި ހުރިހައި ފަރާތްތަަކަށް ޝުކުރުއަދާކުރައްވާފައެވެ.


މަޖީދިއްޔާ ސްކޫލަށް ގަރުނެއް (100 އަހަރު) ފުރޭ މުނާސަބާއާއި ގުޅުވައި، 1000 ދުވަހުގެ ކައުންޓްޑައުނެއް ކުރިއަށްދާއިރު، މިއުޒިކް ޝޯވއެއް ވެސް ވަނީ ބާއްވާފައެވެ. މިއީ އެ ސްކޫލުން ތައުލީމު ހާސިލުކުރި ދަރިވަރުން އިސްނަގައިގެން ބޭއްވި ޝޯވއެކެވެ. މިފަދަ އިތުރު ޝޯވއެއް މުސްތަގުބަލުގައި ވެސް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު