ރާއްޖޭގެ އިގްތިސާދު އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ

1 month ago

އަފްރާހް

ރާއްޖޭގެ އިގްތިސާދު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.


މިކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފިނޭސް ޑޮކްޓަރ މުޙައްމަދު ޝަފީޤާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އަދި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.


އޮގަސްޓް 25 ވަނަ ދުވަހު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމަށް ގެންނަވާނެ މުހިންމު ބަދަލުތަކާމެދު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވާފައިވާކަން ވަނީ ހާމަކުތރައްވާފައެވެ.


އެގޮތުން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ޕެންޝަނާ ބެހޭ ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި އިންކަމް ޓެކްސް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ހިމެނޭކަން ފާހަގަކުރެއްވިއެވެ. އަދި މީރާގެ ތެރެއިން ގެންނަ އިސްލާހީ ބަދަލުތައް ހިމެނޭކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.


އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަހްމަދު އުޝާމް ވިދާޅުވީ މިގޮތުން ސަރުކާރުން މިހާރުން މިހާރަށް ގެންނަވަން ވިސްނަވާ ބަދަލުތަކުގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާއިރު، ޑޮލަރުން ދައްކާގޮތަށް ހަމަޖެއްސުމާއި ޑޮލަރުން މުސާރަދޭ ފަރާތްތަކުން ޕެންޝަނަށް ދައްކާ ފައިސާއަކީ ވެސް ޑޮލަރުން ދައްކަންޖެހޭ ފައިސާގެ ގޮތަށް ހަމަޖެއްސުން ހިމެނޭ ކަމަށެވެ.


މީގެއިތުރުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން، ކަސްޓަމްސް ޑިއުޓީ ދައްކާއިރުވެސް ޑޮލަރުން އެފައިސާ ދައްކަންޖެހޭގޮތަށް ހަމަޖެއްސުމަށް ގެންނަންޖެހޭ ބަދަލުތައް ހިމެނޭކަން ފާހަގަކުރެއްވިއެވެ. އަދި އެކަންކަމުގެ ތަފްސީލުތައް ކުރިޔަށް އޮތް ހަފުތާއެއް ނުވަތަ ދެހަފުތާއެއްގެ ތެރޭގައި ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ.


ހަމަމިއާއެކު ބޭރުފައިސާ ލިބުމުގެ ދަތިކަމަށް ހައްލު ހޯދުމުގައި ބޭންކް އޮފް މޯލްޑިވްސް އަށް ބޭނުންވާކަންކަމަށް ގެނެވެންހުރި ހައްލުތަކާމެދު އެމް.އެމް.އޭ އާ އެކުވެސް މަސައްކަތްތަކެއް ކުރަމުންދާކަން މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު