ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް ތައްޔާރުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް!

1 month ago

އަފްރާހް

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް ތައްޔާރުކުރުމުގެ މަސައްކަތް ފަށައި މުހިންމު މަސައްކަތްތަކެއް ނިންމާލައިފިއެވެ.


މި ޕްރޮޓޮކޯލް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ދެވޭ ތެރަޕީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ އަމާޒުގައި މިނިސްޓްރީ އޮފް ހެލްތާއި ގުޅިގެން ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް އެކުލަވާލުމުގެ މަސައްކަތް ވަނީ ފެށިފައެވެ.


މިގޮތުން ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް ގެ ޑްރާފްޓް އެކުލަވާލުމުގެ ގޮތުން ކ ތުލުސްދޫގައި 31 މެއިން 1 ޖޫން އަށް ވަނީ ވޯކްޝޮޕެއް ކުރިއަށް ގެންދެވިފަ އެވެ. އަދި މި ގައިޑްލައިންތައް މުރާޖާ ކުރުމުގެ ގޮތުން ޕިއާ ރިވިއު ވޯކްޝޮޕެއް ވަނީ 2024 އޮގަސްޓު 1 ގައި ކ މާލޭގައި ބާއްވާފައެވެ.


މި ވޯކްޝޮޕްގައި ތެރަޕީ ދާއިރާގައި ގިނަ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނާއި ސިއްހީ ދާއިރާގެ މާހިރުން ބައިވެރިވެ އެބޭފުޅުންގެ ޚިޔާލުތައް ވަނީ ވޯކްޝޮޕްގެ ތެރެއިން ހުށައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު