ގައުމު މި ހާލަތަށް ވެއްޓުމުގެ ޒިންމާ ނަގަންޖެހޭނީ ޑިމޮކްރެޓްސް އިން: އެމްޑީޕީ

1 month ago

އަފްރާހް

މި ހާލަތަށް ގައުމު ވެއްޓުމުގެ އެންމެ ފުރިހަމަ ޒިންމާއެއް ނަންގަވަންޖެހޭނީ ދަ ޑިމޮކްރެޓްސް ޕާޓީގެ ބޭފުޅުން ކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޟް އިސްމާއިލް ވިދާޅުވެއެއްޖެއެވެ.


ދަނޑިކޮށި ޖަގަހާގައި ބޭއްވި އެޕާޓީގެ ގައުމީ މަޖިލިސްގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޟު ވިދާޅުވީ އަމިއްލަ އެދުމަށް ކުރީގެ ރައީސް "އިބޫ ނޫން" ގޮތެއް ދިވެހި ރައްޔިތުންނަށް ހޯއްދަވައި ދެއްވީ އެބޭފުޅުން ކަމަށެވެ.


"ރައްޔިތުން ނިކުމެ މުލިއާގޭ ޔަކޫޒީއަށް އަރައި ތިބޭތަނާ މުލީއާގޭގައި ހުރި އަގުބޮޑު ކަރޯކޭ ސިސްޓަމުން ރައްޔިތުން ވަދެ ލަވަކިޔަން ތިބޭތަނާ ރައީސުލްޖުމްހޫރިއްޔާ ގައުމު ދޫކުރައްވައި ފުރައިގެން ދާން އެމްޑީޕީން ބޭނުމެއް ނުވޭ." ފައްޔާޟު ވިދާޅުވިއެވެ.


އޭނާ އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމަށް އެޕާޓީން އިހްތިރާމު ކުރާ ކަމަށާއި އެހެންނަމަވެސް މުސާރަ ނުދެވި އަމިއްލަ ވިޔަފާރިތައް ހުއްޓޭ ހިސާބަށް އެމްޑީޕީން މަޑުން ތިބީ ގައުމު ބަނގުރޫޓް ވާން ބޭނުންނުވާތީ ކަމަށެވެ. އަދި ވެރިކަން ވައްޓާލަން ވެސް ބޭނުން ނުވާތީކަމަށެވެ.


ކުރީގެ އެކޮނޮމިކް މިނިސްޓަރު ވިދާޅުވީ ސަރުކާރުން ފެންނަނީ އެކަންކަން ރަނގަޅުކުރަން މަސައްކަތްނުކޮށް 'ކުރީ ސަރުކާރު ކުރީ ސަރުކާރު' ކިޔާލަ ކިޔާލާ ތިބޭތަން ކަމަށެވެ.


ސަރުކާރުން ކަންކަން ރަނގަޅު ނުކޮށް ތިބޭނަމަ ރައްޔިތުން ނިކުންނަ ހިސާބަށްގޮސްދާނެކަމަށް ވިދާޅުވަމުން އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީން އަބަދު ވެސް މަސައްކަތް ކުރާނީ ގައުމުގެ ކަންކަން ރަނގަޅަށް ގެންދިއުމަށް ކަމަށެވެ. އަދި އެގޮތުގައި ދެމިއޮންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު

ޙަސަނުގެ ދަރި

ޙަޔާތްކުޑަވާނީ ތިހާވަރަށް ކިޔޭ އެއްޗެއް އެނގޭބާ ސަރުކާރ ވައްޓާލަން އުޅުނީ މަޖްލިސް ތެރެއިން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައިގެން ހަމަ ފާޅުގަ ބުނަމުން ދިޔައީ އަދި މެމްބޜުންގެ ސޮއިވެސް ހަމަކުރި އެކަމަކު ﷲ އިރާދަފުޅުގަ އެގޮތް ނެތަތީ ތިޔަބައިގަނޑުގެ މެމްބަރުން ތަކެއް އިދިކޮޅާ ގުޅުނަތީ ވެތިކަން ވައްޓާ ނުލެވުނީ. ޢަދިވެސް ފުރުސަތެއް ލިބިއްޖިއްޔާ އެކަން ކުރާނެ.ހުރިހާވެސް ވަބާ އަކީ ފައްްޔާޒު ފައްޔާޒު އިބޫއަށް ހުވަފެން ދެއްކީ އަންނި ނެތުމަކުން ވާނެ ގެއްލުމެއް ނޯންނާނެކަމަށް ބުނެ . ޢިންތިޚާބްގަ މަދުވި ފަނަަރަ ވަރަކަށް ހާސް ވޯޓު ލިބުނީސް އަންނި ހުރި ނަމަ ފައްޔާޒަަކަށް ބޯގަންވިލާ މީހުނަށް ރައްޔިތުންހެ ސަޕޯރޓެއް ނޯންނާނެ . ލާދީނީ މަދު ބަޔަކު ސަޕޯރޓް ކޮށްފާނެ

1 month ago