ޚަރަދު ކުޑަކުރަނީއޭ ނުކިޔާ، ޢަމަލުން ދައްކާ: އިލްޔާސް

1 month ago

އަފްރާހް

ޚަރަދުކުޑަކުރުމަށްޓަކައި މި ސަރުކާރުން ސިޔާސީ މަގާމުތައް ވެސް މަދުކުރަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.


ދަ ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މީހުން ވައްދައި، އެ މުވައްޒަފުންނަށް މުސާރަދޭން ބޮޑެތި ޚަރަދުތައްކުރުން ހުއްޓުވަންޖެހޭ ކަމަށެވެ.


ބަޖެޓުގައި މި އަހަރުގެ އާމްދަނީއަކީ 34 ބިލިއަން ރުފިޔާކަމަށް އަންދާޒާކޮށްފައި އޮތް ނަމަވެސް ޚަރަދުތައް ހުރީ 49 ބިލިއަން ރުފިޔާގައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެހެންކަމުން މި އަހަރު އެކަނި ޑެފިސިޓްގެ ގޮތުގައި 25 ބިލިއަން ރުފިޔާ އަރާނެ ކަމަށެވެ.


މީގެއިތުރުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި، ވަނީ މިހާރު ދާގޮތަށް ދާނަމަ 57 ބިލިއަނަށް ޚަރަދުތައް އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިގޮަށްދާނަމަ، މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނީ ހުންނާނީ 149 ބިލިއަނަށް ވުރެރ މަތީގައި ކަަމަށް ވެސް ވިދާޅުވިއެވެ.


އެހެންކަމުން ކޮންމެހެން ވެސް ޚަރަދުކުޑަކުރަން އެބަޖެހޭ ކަމަށާއި އެ ކަންތައް ކުރަނީއޭ ބުނުމުގެ ބަދަލުގައި ޢަމަލުން އެކަން ދައްކައި، ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު