މިއަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ފޮރިން ރިޒަރވް ރަނގަޅުކުރާނަން: ރައީސް

1 month ago

އަފްރާހް

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހައި ހިސާބަށް ދިޔައީ ކުރިން ވެރިކަން ކުރި، އެމްޑީޕީން ލޯނު ނަގައި، ފައިސާ ޗާޕު ކުރުމުން ކަމުގައި ރައީސް ޑރ. މުހައްމަަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން 800 މިލިއަން ރުފިޔާ ޗާޕްކުރިކަމަށް ވިދާޅުވެފައެވެ. އަދި އެ ވެރިކަން ނިމުނުއިރު، އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހިފައިވާ ބިލްތައް އެތައް މިލިއަނަށް އަރާފައިވާ ކަމަށެވެ.


އެ ބިލުތަކަށް ފައިސާ ނުދީ އިސްރާފުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ފައިސާއިން ވައްކަންކޮށް، އިސްރާފް ކޮށްފައިވާކަމަށް ވެސް ވިދާޅުވެފައެވެ.


ރައީސް ވިދާޅުވީ މި ސަރުކާރަށް ވެސް ފަސޭހަގޮތް ފަސޭހަ ކަމަށާއި އެކަމަކު މި ސަރުކާރުން މަސައްކަތް ކުރަނީ ފައިސާ ޗާޕުނުކޮށް މެނޭޖް ކުރުމަށް ކަމަށެވެ. އަދި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ވެސް ސަރުކާރުގެ މި ނިންމުމަށް މަރުޙަބާކިޔާފައިވާކަން ވަނީ ހަނދާން ކޮށްދެއްވާފައެވެ.


އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ފޮރިން ރިޒަރވް ރަނގަޅުކޮށް، ރާއްޖޭގެ އިގުތިސޯދަށް ހެޔޮ ބަދަލުތައް ގެންނަވާނެ ކަަމަށެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިދިޔަ ސަރުކާރުން ނުދައްކާ ހުރި ބިލްތައް ދައްކާ އެ ފައިސާ ދިނުމުގެ މަސައްކަތްތައް ނިމޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު